މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
14 Feb 2024
ޚަބަރު
ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ދަސްކޮށްދޭ ޕްރޮގްރާމް ރައީސް އިފްތިތާހުކޮށްދެއްވައިފި
ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
10 Feb 2024
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަޒީފާ ހޯދުމަށް ފެސްޓިވަލެއް ބާއްވަނީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޚާއްސަ ފެސްޓިވަލެއް ބޭއްވުމަށް ނިންމަވާފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
24 Jan 2024
ޚަބަރު
އިސްލާމިކް ޗެރިޓީ ފަންޑުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު ހަދިޔާކޮށްފި
މިރަސްމިއްޔާތުގައި، މިހަދިޔާގެ ރަމްޒީ ލިޔުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި ހަވާލުކޮށްދެއްވީ، އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އިސްލާމިކް ޗެރިޓީ ފަންޑުން ހަދިޔާކުރި 32 އެނދުގެ އަގަކީ، ބައި މިލިޔަން ރުފިޔާއެވެ.
21 Jan 2024
ޚަބަރު
ދައުލަތު އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ދިރާސާއެއް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ނާޒިމް ވިދާޅުވީ، އަލަށް ކުރުމަށް ނިންމާފައިވާ ސާރވޭ އަކީ، ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން، އެކި ސަބަބުތަކާއި ހުރެ އެހީތެރިކަން ނުލިބޭ ފަރާތްތައް ދެނެގަތުން ކަމަށެވެ. މިގޮތުން ދައުލަތުގެ ނިޒާމްގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަކޮށް އެހީތެރިކަން ފޯރުވައި ދިނުމާއި ގުޅޭ ކަންތަތައްތަކެއް ކުރި ނަމަވެސް އެކަން ނޭނގޭ މީހުންވެސް ތިބިކަން ނާޒިމް ފާހަގަކުރެއްވިއެވެ.
19 Jan 2024
ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމާއި ވަޒީފާ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ޤަވާއިދަ އެކުލަވާލައިފި
މިޤަވާއިދުގެ މަޤުޞަދަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައްޔާއި، މަސައްކަތް ކުރުމުގައްޔާއި، ޒަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ހޯދައި ދިނުމެވެ.
18 Jan 2024
ޚަބަރު
އަންހެނުން ސިޔާސީ މައިދާނަށް ނެރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
މި މަސައްކަތުބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސްއާއި، ވިމަން އިން ޓެކް އަދި ހޯޕް ފޮރ ވިމަން އިން ބައިވެރިވެ، މުހިންމު މަޢުލޫމާތު ސެޝަންތަކެއް ނަގައިދީފައިވާކަމުގައި އެވުޒާރާއިން ވަނީ ބުނެފައެވެ.
17 Jan 2024
ޚަބަރު
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމާއި ވަގުތީ ގޮތުން ހަވާލުވެވޭ ގޮތަށް ހަމަޖައްސައިފި
އެވުޒާރާއިން ވިދާޅުވީ، ތަފާތު އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނެވެނީ ވަގުތީ ގޮތުން ނެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާއި ހުރެ އެކުދިންގެ އުފަން އާއިލާތަކަށް އަނބުރާ ނުފޮނުވި، މަރުކަޒު ކުރެވުނު ނަމަވެސް، އެ ކުދިންނަށް އާއިލީ ލޯތްބާއި އަޅާލުން ހޯދައިދިނުމުގެ ގޮތުން އެ ކުއްޖާގެ އުފަން އާއިލާ ނޫން އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ނިޒާމު ނުވަތަ ފޮސްޓަރކުރުމުގެ ނިޒާމެއް ޤާއިމްކޮށްފައި އޮންނަ ކަމަށެވެ.
09 Jan 2024
ޚަބަރު
ޢިޖުތިމާޢީ ޚިދުމަތްތެރިންނާއި ކައުންސިލިން ދާއިރާ އިން މީހުން ތަމްރީނު ކުރުމުގެ ކޯސްތަކެއް ފަށަނީ
މި ކޯސްތަކުގެ ތެރޭގައި ސޯޝަލް ސަރވިސް ދާއިރާއިން އެޑްވާންސް ސެޓިފިކެޓް އަދި ބެޗެލަރސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތަކާއި، ކައުންސިލިން ދާއިރާއިން ބެޗެލަރސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތައް ހިމެނޭނެ ކަމުގައިވެސް އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ކޯސްތައް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު ފެބްރުއަރީ އަދި އޮގަސްޓު މަހު ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލާނެ ކަމުގައިވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
30 Dec 2023
ޚަބަރު
މުސްކުޅިންގެ މަރުކަޒު 78 އަހަރުވީ މުސްކުޅި އިމާރާތެއްގައި ހެދުމަށް ސަރުކާރުން ނިންމައިފި
ޤުރުއާނާއި ބެހޭ މަރުކަޒު ހިންގި އެ އިމާރާތަކީ، ރައީސް މުޙައްމަދު އަމީންގެ ވެރިކަމުގެ ކުރިން ފެށިގެން މެދު ނުކެނޑި ބޭނުންކުރަމުން އަންނަތާ 78 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަދި އެކި ދުވަސްވަރު އެކި ބަދަލުތައް ގެނެސްފައިވާ ޢިމާރާތެކެވެ.
04 Dec 2023
ޚަބަރު
އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް ހުށައެޅޭ މިންވަރު އިތުރުވެއްޖެ
އެމިނިސްޓްރީއަށް ހުށައެޅޭ މައްސަލަތަކާއި ގުޅޭ ގޮތުން ކޮންމެ މަހަކު ހާމަކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހަށްވުރެ އޮކްޓޫބަރު މަހު އެއިދާރާއަށް ހުށައެޅުނު، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައްވަނީ %33 އިތުރުވެފައެވެ. ސެޕްޓެމްބަރު މަހުގައި އެފަދަ 14 މައްސަލައެއް ހުށައެޅުނު އިރު އޮކްޓޫބަރު މަހުގައި އެފަދަ 21 މައްސަލައެއް ހުށައެޅުނު ކަމުގައި ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.